English Edition
Dhivehi Edition

ރޭގެ މެޗު ނިމެން 94 މިނިޓަށް ވީ ފަހުން ޖަޕާނުގެ މައްޗަށް 3- 2 އިން ކުރިހޯދާ ބެލްޖިއަމުން ވަނީ މެޗު ކާމިޔާބުކޮށް ކުއާޓާފައިނަލްއަށް ދަތުރުކޮށްފައެވެ. އެންމެ ފަހު މިނެޓުން ޖަޕާނުގެ މައްޗަށް ކުރި ހޯދައި މިޖެހި ގޯލުން ބެލުންތެރިންނަށްވެސް ލިބިގެން ދިޔައީ ކުއްލި ހައިރާން ކަމެކެވެ.

މެޗު ބަލަންދިޔަ އެތައް ހާސް ޖަޕާނުގެ ސަޕޯޓަރުންގެ ލޮލުން ރާސްލާފައި ދިޔައީ ކަރުނަ އޮހެމުންނެވެ. މަންޒަރު ބަލަންތިބި ސަޕޯޓަރުންނަށް އިތުރު ހައިރާން ކަމެއް ގެނުވީ މެޗުން ބަލިވި ޖަޕާނުގެ ސަޕޯޓަރުން މެޗު ނިންމާލާފައި އެތަނަށް އަޅާފައި ހުރި ކުނިތައް ނަގަންފެށިތަނެވެ. ރަޝިއާގައި ބޭއްވި ކޮންމެ ވޯލްޑް ކަޕް މެޗެއްގައިވެސް ޖަޕާނުގެ ސަޕޯޓަރުން އެތާ އޮފިޝަލުންނަށް އެހީތެރިވެދެއެވެ.

މެޗުގައި ބައިވެރިވި ޖަޕާނުގެ ޓީމުން ވަނީ މެޗު ނިންމާލާފައި އެތަނުގެ ޗޭންޖިން ރޫމްވެސް ސާފު ކޮށްފައެވެ. އަދި ޝުކުރު އަދާކުރުމުގެ ގޮތުން ޝުކުރުގެ ސިޓީއެއްވެސް އެތަނުގައި ބާއްވާފައެވެ.