ފީފާ ވޯލްޑް ކަޕް 2018 ގެ ގަދަ 16 ގައި ރޭ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބަލާ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމް ބްރެޒިލް އާއި މެކްސިކޯއާ ބައްދަލު ކުރި މެޗު ބްރެޒިލްއިން ކާމިޔާބުކޮށްފިއެވެ.
ބްރެޒިލްއިން ރޭ ކުޅުނު މިމެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގާ ހޯދާފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ނޭމާގެ މޮޅު ކުޅުމާއި އެކު 2-0 ލަނޑުންނެވެ.
ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ބްރެޒިލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބްރަޒިލްގެ ހުނަރުވެރި ފޯވާޑުން ކަމަށް ވާ ކުޓީނިއޯ ނޭމާ އަދި ވިލިއަން ފޮނުވާލި ގިނަ ހަމަލާތަށް މެކްސިކޯގެ ކީޕަރު އޮޗޯވާ ވަނީ މަތަކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފު ފެށިގެން 5 މިނެޓުގައި ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ބްރެޒިލްގެ ނޭމާ ވަނީ އެ ޓީމްއަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި ބްރެޒިލްގެ ދެވަނަ ލަނޑު ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތްތާ އެތް މިނެޓް ވެސް ނުވަނީސް ބްރެޒިލްއަށް ކާމިޔާބުކޮށްދީފައިވަނީ ރޮބާޓޯ ފިރްމީނޯ އެވެ.
ކުއާޓާ ފައިނަލުގައި ބްރެޒިލް ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ދެ ވަނަ ބުރުގައި ޖަޕާނާއި ވަރުގަދަ ބެލްޖިއަމް ކުޅެ މޮޅުވި ބެލްޖިއަމް އާއި އެވެ.