English Edition
Dhivehi Edition

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން އިހްތިޖާޖު ކުރަމުންދަނިކޮށް މަޖިލީހުގެ ތިން ކޮމެޓީއެއްގެ މަސައްކަތް ތާވަލްކޮށްފިއެވެ. އެގޮތުން މިއަދު 9:30ގައި ސަރުކާރުގެ މަސައޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ ބޭއްވުމަށް ނިންމާފައިވާއިރު ޕެޓިޝަން ކޮމެޓީއާއި އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު 10:30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަމުން ދާތީ ސިފައިން ވަނީ އެ މެމްބަރުން ބޭރަށް ނެރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެމްބަރުން ބުނަމުން ގެންދަނީ މަޖިލީހުގެ އިސްވެރިއަކު ސޮއިކޮށް ލިޔުން ދިނުމުން ނޫނީ މަޖިލީހުން ނުނިކުންނާނެ ކަމަށެވެ. މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މިއަދު މަޖިލީހުގައި އެޖެންޑާ ކުރެއްވިގެން ކުރިއަށް ދާން ޖެހޭނީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށާއި މިއަދު މަޖިލީހުގެ ރިޔާސަތުގައި މަސީހުއަށް އިނދެވޭނެ ކަމަށް ގަބޫލު ނުކުރައްވަވާ ކަމަށެވެ. އަދި މިއަދު އެހެން ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ވެސް ކުރިއަށް ގެންދަވަން ޖެހޭނީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަކަމަށް މެމްބަރެއްގެ ފޭސްބުކް ލައިވަކަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވި އެވެ. އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާއެކު މަޖިލިސް ކުރިއަށް ގެންދާއިރު މަޖިލިހުގެ ރިޔާސަތުގައި ހުންނަ ގޮނޑިކޮޅުވެސް އިދިކޮޅު މެމްބަރުން ވަނީ ތަޅުމުން ބޭރަށް ނެރެފައެވެ.

ޓެގު