ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.މުހައްމަދު ހަބީބު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުޑަދުވަސްކޮޅަކަށް މަސައްކަތް ކުރައްވާ ގޮތަށް ހެލްތް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.
އެޗްއާރުއެޗް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެޗްއާރު އެޗްގެ ޓީމާއެކު ޑރ ހަބީބު ދުވަސްކޮޅަކަށް މަސައްކަތް ކުރައްވަވާނެ ކަން މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން އިއްޔެ އައްޑޫސިޓީގެ ހެލްތު ސެންޓަރުތަކަށާއި ހޮސްޕިޓަލަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ޑރ.ހަބީބު ހިތަދޫގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސީ އައްޑޫސިޓީގެ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ.
ޑރ.ހަބީބަކީ އައްޑުސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.