English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ތަޅުމުން ނެރެ، ގޯޅިތެރޭގައި ބަހައްޓައިފި އެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާ މިއަދު ފަށަން ތައްޔާރު ވުމުން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަޑައިގަތް ގޮތަށް ވަނީ ހަޅުތާލު ކުރަން ފަށައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރިޔާސަތުގައި އިންނަވާ ގޮނޑިކޮޅު މަޖިލީހުގެ ތަޅުމުން ބޭރުކޮށް ގޯތިތެރެއަށް ބޭރުކޮށްލާފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ރިޔާސަތުގައި ނުއިންނެވޭނެ އެވެ. އަދި ހައްޔަރުކޮށްފައިވާ ހަތަރު މެމްބަރުން މަޖިލީހަށް ހާޒިރު ކުރަން ފުލުހުންނަށް ޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވެ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ދުވަހު 9:00 ހާއިރު މަޖިލީހުގެ ރައީސް ޖަލްސާ ފަައްޓަވަން ޖެހެ އެވެ.

ޓެގު