English Edition
Dhivehi Edition

ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕެނަލްޓީ ޖަހައިގެން 3-2 ލަނޑުން ޑެންމާކް ބަލިކޮށް ކޮރެއޭޝިޔާ ގަދަ 8 ޖާގެއް ކަށަވަރުކޮށްފިއެވެ.

ރޭ ގަދަ 16ގައި ކްރޮއޭޝިޔާ އާއި ޑެންމާކް ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެ ޕެނެލްޓީގައި ކްރޮއޭޝިއާ މިމެޗު ކާމިޔާބުކޮށްފައިވާއިރު މިއީ 20 އަހަރަށް ފަހު ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޑެންމާކްއިން ވަނީ މެޗުގެ 57 ވަނަ ސިކުންތުގައި މަތިއަސް ޔޯގެންސަންގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ މިނެޓްގައި މާރިއޯ މަންޒުކިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މިނަތީޖާ އާއި އެކު ދެ ޓީމް ހަމަ ހަމަ ވެގެން މެޗު ނިމިފައިވާއިރު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ސުބަސިޗް ވަނީ ޑެންމާކުގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ކްރައޭޝިޔާއިން ފޮނުވާލި ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ރޭގެ މެޗުގައި ބަޑެލް އާއި ޕިޗަރިޗް ޖެހި ޕެނަލްޓީ ކްރޮއޭޝިއާ އަށް ކާމިޔާބު ވެފައި ނުވާއިރު އެ ޓީމްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކްރަމަރިޗް އާއި މޮޑްރިޗްގެ އިތުރުން ރަކިޓިޗްއެވެ.

ޑެންމާކުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. ޑެންމާކުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސިމޯން އާއ ކްރޮޑެލީއެވެ.

ކުއާޓާ ފައިނަލުގައި އެ ޓީމު ކުޅޭނީ ރޭ ސްޕެއިން ކަޓުވާލި ރަޝިއާއާ ދެކޮޅަށެވެ.