English Edition
Dhivehi Edition

ރާއްޖޭގެ މަތީތައުލީމުގެ އެކި ޚިދުމަތްތައް ދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލެކް ފައުންޑޭޝަނުގެ އޯޕަންޑޭ އެއް މއިަދު އައްޑޫގައި ބާއްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.

ބްލެކް ފައުންޑޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން ބާއްވާ އޯޕަން ޑޭ މިއަދު އައްޑޫ އަދި މާލޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދީ ޔުނިވަސިޓީތަކުން ލިބެން ހުރި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މި ހަރަކާތް އައްޑޫގައި ކުރިއަށް ގެންދަން ހަމަޖައްސައިފައިވަނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލުގައެވެ.

މި އޯޕަންޑޭގައި ފިލިޕިންސްގެ އެމިލިއޯ އެގްއިނާލްޑޯ ކޮލެޖާއި މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބައިވެރިވާ ކަމަށްވެސް ބްލެކް ފައުންޑޭޝަނުން ބުނެއެވެ. އަދި މެޑިސިން އާއި ޑެންޓިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުދިންނަށް މައުލޫމާތު ދިނުމުގެ އިތުރުން އެ ދެ ޔުނިވާސިޓީގެ އޯގަސްޓް އިންޓޭކަށް އެޕްލައި ކުރުމުގެ ފުރުސަތުވެސް އެ އޯޕަންޑޭގައި ލިބިގެންދާނެ ކަމަށް ބްލެކް އިން ބުނެއެވެ.

އޭގެ އިތުރުން މެލޭޝިއާގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކުދިންނަށް، ތަފާތު ދާއިރާތަކުން އެކުދިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ޕްލޭސްމެންޓަށް އެދުމުގެ ފުރުސަތުވެސް އޯޕަންޑޭގައި އޮންނާނެ އެވެ.