English Edition
Dhivehi Edition

ބ.އަތޮޅު ރިސޯޓެއްގެ ފަޅު ތެރެއަށް ސްނޯކްލިންއަށް ދިޔަ ޗައިނާ ފަތުރުވެރިއެއްގެ ގައިގައި ލޯންޗެއްގެ އެއްގެ ބުރަފަތިން ޖެހި އެމީހާ މަރުވެއްޖެއެވެ.

މިއަދު ހެނދުނު 11:30 އަކަށް ހާއިރު ހިނގި މި ހާދިސާގައި ބ. ކަނުފުށީގައި ހިންގާ “ފިނޮޅު ބާ އެޓޯލް މޯލްޑިވްސް” ރިސޯޓުގެ ފަޅުތެރޭގައި ފީނަން އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި ޖެހުނީ އެ ރިސޯޓުގެ ލޯންޗެއްގެ ބުރަފަތިންނެވެ. މިހާދިސާގައި މަރުވި ފަތުރުވެރިއަކީ 27 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ފީނަން އުޅުނީ އޭނާގެ އަނބިމީހާއެވެ.

މި މީހާއަށް ބ.އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ

އެ އަންހެން މީހާގެ މޫނުމަތީގެ ބައެއް ތަންތަން ކަނޑައިގެން ގޮސްފައިވި ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.