English Edition
Dhivehi Edition

3500 ވޮލަންޓިއަރުންނާއިއެކު ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކުރިއަށް ގެންދާ ގޯއްޗަން ކެމްޕެއިން ފަށައިފިއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ފަށާފައިވާ މި ހަރަކާތް.
ފައްޓަވައިދެއްވަމުން އިކޮނޮމިކް މިިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީމުން ފާއިތުވި ހަފްތާގައިވެސް ވަރަށް ކާމިޔާބް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭ މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންގެ ހާލަތު އެގެތަކަށްގޮސް ބައްލަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހްތާގެ ކެމްޕެއިނާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިހަފްތާގައި އަމާޒްކޮށްފައިވަނީ މާލެ، ހުލުމާލެ ، އަދި ވިލިގިނލީގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ކަމަށެވެ. އެގޮތުން މިކެމްޕެއިންގައި 3500 ވޮލަންޓިއަރުން ހަރަކާތްތެރިވަމުންދާކަމަށް މިނިސްޓަރ ވަނީ ފާހަަގަކުރައްވާފައެވެ .

ކެމްޕެއިން ޓީމުތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންނާ، މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނެވެ.

މިކެމްޕެއިން ކުރިއަށްދާގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިކެމްޕެއިނަކީ މާލޭ ސަރަަހައްދުގައި ދިރިއުޅޭ އަތޮޅު ތެރޭގެ ހާލަތު އެންމެ ގާތުން ދެނެގަތުމަށް ކުރާ މަސައްކަތެއްކަމަށެވެ.

އަދި މިކެމްޕެއިންގެ ތެރެއިން އަތޮޅު ތެރޭގެ ރައްޔިތުން ދިރިއުޅޭ ގިނަ ގެތަކަށް ގޮސް އެ ގޭބީސީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެފަރާތްތަކުން ރައީސް ޔާމީންއާއި ދޭތެރޭ ދެކޭގޮތް ސާފުކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ “ގޯއްޗަށް” ކެމްޕެއިން މިއަދުގެ އިތުރުން މިރެއާ، މާދަމާވެސް ކުރިއަށްދާނެކަމަށް ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުން މަޢުލޫމާތުދެއެވެ.