English Edition
Dhivehi Edition

ދިވިލިމަތަ 4 ގެ ނަމުގައި އައްޑޫ ސިޓީގައި މިއަދު ހަވީރު ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 484 އުޅަނދު ޗެކޮކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އައްޑޫސިޓީގެ ހުރިހާ ރަށެއްގައެވެ. މިއަދު ހަވީރު 4:00 އިން 6:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 484 އުޅަނދު ފާސްކުރުމަށްފަހު ފިޔަވަޅު އަޅައިފައިވަނީ 18 މީހުންނަށެވެ. އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މިއީ އައްޑޫގައި ބާއްވާ އެންމެ ބޮޑު ޓްރެފިކް އޮޕަރޭޝަން ކަމަށެވެ. މީގެ ކުރިން މީގެ ތިން އޮޕަރޭޝަނެއްވަނީ އައްޑޫގައި ބާއްވައިފައެވެ. މި އޮޕަރޭޝަނުގައި އައްޑޫސިޓީގައި މަސައްކަތްކުރައްވާ ހުރިހާ ފުލުހުން ބައިވެރިވެފައިވެއެވެ. މި އޮޕަރޭޝަނަކީ އައްޑޫގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އައްޑޫގެ މަގުތައް އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ހިންގި އޮޕަރޭޝަނެކެވެ.