English Edition
Dhivehi Edition

ޓްރެފިކަށް ހޭލުންތެރި ކުރުމާއި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ކުލާސްތަކެއް ހިތަދޫ ހިރާސްކޫލުގައި މިއަދު ފަށައިފިއެވެ.

އައްޑޫސިޓީ ފުލުހުން ވިދާޅުވެފައިވަނީ މި ކުލާސްތައް ކުރިއަށް ގެންދަނީ ގްރޭޑް 4 ގެ ދަރިވަރުންނަށް ކަމަށެވެ. ކުރިއަށްއޮތް 3 ދުވަހު މިކުލާސްތައް އެސްކޫލުގައި ކުރިއަށް ގެންދާނެ ކަމަށް އައްޑޫސިޓީ ފުލުހުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ރަށްރަށުގައި ދޭތެރެދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންނަށް ސީރިއަސް އަނިޔާތައްވެއެވެ. އައްޑޫސިޓީއަކީ އޭގެތެރެއިން އެއްސިޓީއެވެ. އައްޑޫގައި ހިނގައިފައިވާ އެކްސިޑެންޓުތަކުގައިވެސް މީހުންނަށް ބޮޑެތި އަނިޔާވެފައިވެއެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެސްވެފައިވެއެވެ.

އައްޑޫސިޓީ ފުލުހުން ވިދާޅުވީ ފަހަކަށްއައިސް އައްޑޫގައި ހިނގައިފައިވާ އެފަދަ ހާދިސާގައި މީހުންމަރުވެފައިވަނީ އަމިއްލައަށް ބާރަށް ދުއްވައިގެން ކޮންޓްރޯލްނުވެގޮސް ކޮންމެވެސް ތަނެއްގައި ޖެހިގެން ކަމަށެވެ.

ފުލުހުން ގެންދަނީ އައްޑޫގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް އަމާން ސިޓީއަކަށް އައްޑޫ ހެދުމަށް މަސައްކަތްކުރަމުންނެވެ.