English Edition
Dhivehi Edition

އަވަށްޓެރި ސްރީލަންކާއާއި އިންޑިޔާގެ ކެރެލާގައި ޑެންގީހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ސްރީލަންކާގައި ޑެންގީ ހުމުގައި 300 މީހުން މަރުވެފައިވާކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް (އައި.އެފް.އާރ.ސީ) އިންވަނީ އެ ޖަމާޢަތުން ބުނަނީ، 3000 މީހުން ޑެންގީ ހުމަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ސްރީލަންކާ ސަރުކާރުން ބުނާގޮތުން ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމުންވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އަދި ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ، މަދިރި ކޮންޓްރޯލްކުރުމާއި ސިއްހަތާބެހޭ މުވައްޒަފުންނާއި ތަޖުރިބާކާރުންނަށް އެހީތެރިވުމަށްޓަކައި ސިފައިންގެ އެތަށް ހާސްބަޔަކު ހަރަކާތްތެރިވަމުންދާކަމަށެވެ. އިންޑިޔާގެ ކެރެލާގައިވެސް ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރި އަށްޑިހަ އަށްވުރެ ގިނަމީހުންމަރުވެފައިވާއިރު ކެރެލާގައި މިހާރު ޑެންގީ ކޮންޓްރޯލް ކުރެވިފައިވާކަމަށް އެ ސްޓޭޓްގެ ސަރުކާރުން ބުނެއެވެ.  

ޓެގު