އިންޑިއާ އިން ރާއްޖެ އަށް ގެންނަ ބައެއް ކާބޯތެކެތީގެ ބާވަތްތަކުގެ ކޯޓާ ދަށްކުރިޔަސް، އެއްވެސް ދައްޗެއް ނެތި ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރު ވެސް އިންޑިއާ އިން ރާއްޖެ އަށް ކޯޓާ ހަމަޖައްސައި ދީފައިވާ ކަމަށާޢި ދިވެހިންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެ ނޫން ވެސް މުހިންމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ
އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާ އަދި ކުކުޅު ބިހުގެ ކޯޓާގެ ވެސް ވަރަށް ބޮޑު ތަނުން ދަށްކޮށްފަ އެވެ