English Edition
Dhivehi Edition

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި “އޯޓިޒަމް ސެންޓަރ”ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ޚިދުމަތްތައް ދިނުމަށްޓަކައި ހުޅުވި މި ސެންޓަރު ހުޅުވައިދެއްވީ ރާއްޖެއަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދުރު އަލް ކަހައިލެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ސައުދީ އެމްބަސީގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން އިލްހާމް ހުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު އަޅާފައިވަނީ، އެކަން ކުރުމަށް ދިވެހި ސަރުކާރުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ހިލޭ ދިން ބިމެއްގައެވެ. އެ ބިމުގައި އޯޓިޒަމް ސެންޓަރު ހިންގުމަށް ފަސް ބުރީގެ އިމާރާތެއް އެޅީ ސައުދީ ސަރުކާރުގެ ހިލޭ އެހީގައެވެ. 300 ދަރިވަރުންގެ ކެޕޭސިޓީއަކާ އެކު ހުޅުވި މި ސެންޓަރުން އޯޓިޒަމް ކުދިންނަށް ތައުލީމާއި އުނގަންނައިދިނުމުގެ ޚިދުމަތުގެ އިތުރުން ޓްރީޓްމެންޓާއި ތެރަޕީގެ ކަންކަންވެސް ކުރިޔަށް ދާނެއެވެ.

ޓެގު