ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ރޭ އިންގްލޭންޑް އާއި ޕެނަމާ ބައްދަލުކުރި މެޗުން ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެ އިންގްލޭންޑް ގަދަ 16 ޔަގީން ކޮށްފިއެވެ.
ރަޝިޔާގެ ނިޒްނީ ނޮވްގްރޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މިނަތިޖާ އާއި އެކު އިންގްލެންޑާއި ބެލްޖިއަމަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހަމަކޮށް ގަދަ 16ގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު މިގުރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ އިންގްލޭންޑްއެވެ.އެކަމަކު މި ދެ ޓީމު ބުރާސްފަތި ދުވަހުގެރޭ ކުޅެ މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއް ވަނަ ލިބޭނެ އިރު ދެން މިގުރޫޕްގައި އޮތް ޓިއުނީޝިއާ އާއި ޕެނަމާ ވަނީ ޕޮއިންޓެއް ނުލިބެ މުބާރާތުން ކަޓާފައެވެ.
އިންގްލެންޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ކެޕްޓަން ކޭންގެ ތިން ލަނޑު ޖަހާފައި ވާއިރު މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވާޑް ޖެސޭ ލިންގާޑް ކޮންމެ ކުޅުން ތެރިއަކަށް އެއް ލަނޑު ޖަހާފައިވާއިރު ސްޓޯންސް ވަނީ ދެ ލަނޑު ޖެހާފައެވެ.
މެޗުގައި ޕެނަމާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ޕެނަމާއަށް ލިބު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އުމުރުން 37 އަހަރުގެ ފެލިޕް ބަލޯއެވެ.މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ޕެނަމާއިން ޖެހި ހަމައެކަނި ލަނޑެއެވެ.މި ލަނޑައަށް ފަހު ޕެނަމާގެ ސަޕޯޓަރުން ނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފައެވެ.