ފީފާ ވޯލްޑް ކަޕް ގުރޫޕް އެޗްގައި ފުރަތަމަ މެޗުން ބަލިވި ކޮލަންބިޔާ ޕޮލެންޑް ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ އުއްމީދު އާކޮށްފިއެވެ.
މިހާރު ރަޝިޔާގައި ކުރިއަތް ދާ ވޯލްޑް ކަޕްގައި ޖަޕާން އަތުން 2-0 ލަނޑުން ބަލިވި ކޮލަންބިޔާ ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ.
މި މޮޅާއެކު ކޮލަމްބިޔާ ގުރޫޕްގެ ތިންވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި އޮތް އިރު ގްރޫޕްގެ އެއްވަނައިގައި އޮތް ޖަޕާން އަދި ސެނެގާލް އަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ.އަދި ރޭގެ މެޗުން ކޮލަބިޔާ އަތުން ބަލިވިގްރޫޕްގެ ޕޮލެންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރަޝިއާގެ ކަޒަން އެރީނާގައި މިރޭ ކުޅުނު މިމެޗުގައި ކޮލަންބިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ކޮލަންބިޔާގެ ފުރަތަމަ ލަނޑު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ކުޅެފައިނުވާ ކޮލަންބިޔާ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭސް ނަގައިދިން ހުރަހަކުން ކޮލަމްބިއާގެ ލަނޑު ކާމިޔާބުކޮށްދިނީ ޔެރީ މިނާއެވެ.
މިނަތީޖާ އާއި އެކު ފުރަތަމަ ހާފް ނިމިގެން ގޮސްފައިވާއިރު ކޮލަންބިޔާއިން ލީޑު ފުޅާ ކުރި ކަނޑު ދެވަނަ ހާފްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ރަޑަމަން ފަލްކާއޯ އެވެ.އަދި ކޮލަންބިޔާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ.
ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިއާ ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ޖަޕާންއާ އެވެ.