English Edition
Dhivehi Edition

މެލޭޝިއާގެ ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން އައްޑޫ ސިޓީ އަދި މާލޭގައި ބޭއްވުމަށް ހަމަޖައްސައިފައިވާ “އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ” އަންނަ ބުރާސްފަތި ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ ނޫރާނީ ސްކޫލުގައި އަންނަ އާދިއްތަ ދުވަހު މެންދުރު2:00 ން ރޭގަނޑު 9:00 އަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި ބާއްވާ މި އެކްސްޕޯ އާޓް ގެލަރީގައި ބުރާސްފަތި ދުވަހު މެންދުރުފަހު 2:00 ން ރޭގަނޑު 10:00 އަކަށް ބާއްވަން ނިންމާފައިވާއިރު ހުކުރު ދުވަހު މި އެކްސްޕޯ ކުރިއަށް ގެންދިުމަށް ހަމަޖެހިފަވަނީ އެ ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 10:00އަށެވެ.

މި އެކްސްޕޯ ގައި 250 ސްކޯލާޝިޕް ދަރިވަރުންނާ ހަވާލުކުރެވިގެން ދާނެ ކަމަށް ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން ވަނީ ބުނެފައެވެ

މިއީ ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންއާ މެލޭޝިއާގެ ހަޔާ އެޑިއުކޭޝަންގެ ގޮތްޕެއް ކަމަށްވާ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް ގުޅިގެން ހިންގާ އެކްސްޕޯއެކެވެ.