English Edition
Dhivehi Edition

ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޔާމީން ކެމްޕެއިން އޮފީހުން ފަށާފައިވާ ‘ޑޯ ޓް ޑޯ’ ކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު، ރައީސް ޔާމީން އަށް ރައްޔިތުން ތާއީދު ކުރަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ތައްޔާރު ވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ޕާޓީގެ ގިނަ ފަރާތްތަކެއް އިސްވެތިއްބަވައިގެން ފާއިތުވި ހުކުރު ދުވަހު ހަވީރު އެ ޕާޓީ ގެ ފަރާތުން ވަނީ ޑޯ ޓް ޑޯ ގެ ނަމުގައި ހަރަކާތެއް ފަށާފައެވެ.

އެ ހަރަކާތުގައި އިސްވެ ގޭބީސީ ތަކަށް ވަޑައިގެންފައިވަނީ ސަރުކާރުގެ ވަޒީރުންނެވެ. އެގޮތުން ގަލޮޅު ފްލެޓް ސަރައްހަދުގައި ހިމެނޭ ގޭބިސީ ތަކުގައި ދިރިއުޅޭރައްޔިތުންނާ ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ހާލު ގާތުން ބައްލަވާފައި ވަނީ ހައުސންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ. އަދި މާފަންނު އުތުރު ދާއިރާގެ ގޭބިސީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވަނީ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދުއެވެ.

ހެންވޭރު ގައި ދިރިއުޅޭ ރައްޔިތުންނާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ބައްދަލު ކުރައްވާފައި ވާއިރު، މައްޗަންގޯޅީ ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައި ވަނީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ. އެ ބައްދަލު ކުރެއްވުންތަކުގައި ގިނަ ރައްޔިތުން ފާހަގަ ކުރައްވާފައިވާ އެއްކަމަކީ ރައްޔިތުންނަށް ޤަބޫލު ކުރެވޭ ފެންވަރުގެ ތަރައްޤީއެއް ރާއްޖެއަށް ގެނުވޭނެ ހަމައެކަނި ވެރިއަކީ ރައީސް ޔާމީން ކަމެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް މި ކެންޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މި ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ފެށިގެން ކުރިއަށް ދާކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ. ރައީސް ޔާމީންގެ ކެންޕެއިންތައް ފެށިގެން ކުރިއަށްދާއިރު ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ވެސްޓް ޕާރކް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ ހާއްސަ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ތަރައްގީއަށް ކަމަށާއި އަދި އެއްވެސް މީހަކާ ޒާތީކަމެއް ނޯންނާނެކަމަށެވެ.