English Edition
Dhivehi Edition

ގިނަބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ޖޯޑެއް ކަމަށްވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ އާއި ހޮލީވުޑްގެ ލަވަކިޔުނތެރިޔާ ނިކްޖޯނަސް އިންޑިއާގެ ރެސްޓޯރެންޓަކަށް ޑިނަރ ޑޭޓަކަށް ހިނގައްޖެއެވެ.

މިދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރެމުންދާތާ ދުވަސްތަކެއް ވެފައި ވީނަމަވެސް މިހާރު މިދެތަރިން އިންޑިއާ އަށް އައުމުން ގުޅުން ކަށަވަރު ވެއްޖެކަމަށް މިދެތަރިންގެ ފޭނުން ބުނަމުންދެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވާގޮތުުގައި ޕްރިޔަންކާ އާއި ނިކްގެ ގުޅުމަށް ނިކްގެ އާއިލާއިން ވަރަށް ތާއީދެވެ. އެހެންކަމުން މިހާރު މިދެތަރިން ބޭނުންވަނީ ޕްރިޔަންކާގެ އާއިލާއާއި ބައްދަލުވެ ގުޅުންބަދަހި ކުރުމަށެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މިދިޔަ ހުކުރުދުވަހު ޕްރިޔަންކާ ވަނީ ނިކް ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސް ފައި ކަމަށާއި މިދެ ތަރިންގެ ލޯބީގެ ގުޅުން ވަރަށް ރަނގަޅަށް ކުރިޔަށް ދާކަން ހާމަވާކަމަށެވެ. ހަބަރުތައް ބުނާގޮތުގައި މިދެތަރިންގެ ގުޅުމާއިމެދު ނިކްގެ ބޭބެ ވަރަށް ހިތްހަމަ ޖެހެއެވެ. ” އަހަރެމެން ކުރިން ދިމާވި ޕްރިޔަންކާ އަކީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ މީހެއް، އެހެން ނަމަވެސް މިއީ ނިކްގެ އަމިއްލަ ދިރި އުޅުން އޭނައަށް އިނގޭނީ މިކަމާއި މެދު ބުނާނެއެއްޗެއް” ނިކްގެ ބޭބެ ކެވިން ޖޯނަސް ބުނެފައި ވެއެވެ. ނިކްގެ ބޭބެ މިހެން ބުނެފައި ވާއިރު ޕްރިޔަންކާގެ މަންމަ ވަނީ މީގެ ދުވަސްކޮޅެއް ކުރީން ދަރިފުޅު އެހެން ގައުމެއްގެ މީހަކާއި އެކީ އުޅޭތަން ފެނިއްޖިއްޔާ އެމަންޒަރު ގަބޫލްކުރަން އެހާފަސޭހަ ނުވާނެކަމަށް ބުނެފައެވެ. އަދި ބޮޑަށް ބޭނުންވަނީ ދަރިފުޅު ސަގާފަތާއި އެއްގޮތަށް ދިރިއުޅުން ގެންދާތަން ދެކެންކަމަށެވެ.

 

އުމުރުން މިހާރު 35 ވެފައިވާ ޕްރިޔަންކާ އާއި އުމުރުން 25 އަހަރުގެ ނިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައި ނުވީނަމަވެސް މިދެތަރިންގެ އަމަލުތައް ހުންނަގޮތުން ގުޅުން ކަށަވަރުވާކަމަށް ވަރަށްގިނަ ފޭނުން ދަނީބުނަމުންނެވެ.