English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާހޮވިވަޑައިގެންފިއެވެ.

ގާސިމްގެ ހަނގު އަނބިކަނބަލުން ނަހުލާ މި މަގާމަށް ހޮވި ވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެރޭ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސް ގައެވެ.

އިންތިހާބުކުރަން ހަމަޖެހިފައިވާ ކައުންސިލްގެ 15 މެމްބަރުންގެ ގޮނޑިއަށް ނަހުލާ ވާދަކުރެއްވިއިރު ޕާޓީގެ ކައުންސިލްގެ ގޮނޑި ނަހުލާ ކާމިޔާބު ކުރެއްވީ 227 ވޯޓުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް އިބްރާހިމް މިހާތަނަށް ދެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވައި ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ އަނބިކަނބަލަކު މިހާތަނަށް ސިޔާސީ މަގާމެއް ފުރުއްވާފައެއް ނުވެއެވެ.

އެކަމަނާ ޖުމްހޫރީ ޕާޓީގެ ކައުންްސިލަށް އިންތިޚާބުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކޮންގްރެސްގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.