English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރު (އެމްއެންޑީއެފް) އިން ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކޮށް އުޅުނު މަސައްކަތްތައް ދައްކުވައިދޭ މުބާރާތެއް “ހެސަވާދަ2018” ގެ ނަމުގައި ފަށައިފިއެވެ.

ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މުބާރާތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

ރޭގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިފައިންގެއަކީ ހުރިހާ ފަންނެއްގައިވެސް އެންމެ ކުރިއަރާފައިވާ ޤާބިލް މީހުން ތިބި މުއައްސަސާކަން ފާހަގަކުރެއްވިއެވެ. ސިފައިން އިސްނަގައިގެން ފެށި ހެސަ ވާދަ – 2018 މުބާރާތަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ކޮށް އުޅުނު މަސައްކަތްތައް ދިރުވާ އާލާ ކުރުމާއި ހުނަރު އިތުރުކުރެވިގެންދާނެ މުބާރާތެއްކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިން އިސްނަގައިގެން ފެށި ހެސަ ވާދަ – 2018 މުބާރާތަކީ ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ކޮށް އުޅުނު މަސައްކަތްތައް ދިރުވާ އާލާ ކުރުމާއި ހުނަރު އިތުރުކުރެވިގެންދާނެ މުބާރާތެއްކަމުގައި ވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިމަހު 22 ން 28 ގެ ނިޔަލަށް މާލެ ސިޓީ ދެކުނުފަރާތު އިންޑަސްޓްރިއަލް ޒޯނު ސަރަޙައްދުގައި ކުރިއަށް ގެންދާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ކޮންމެ ރެއެއްގެ 20:00 ން 00:00 އަށެވެ. މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ވަނީ ހުޅުވާލާފައި ކަމަށް އެމްއެންޑީ އެފުން ބުނެއެވެ.

މިމުބާރަތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައި ވާއިރު މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމެއްހޮވައި ވަނަދިނުމަށް ވަނީ ހަމަޖައްސާފައެވެ.