English Edition
Dhivehi Edition

އޭއޯ ނިއުސް ގެފަރާތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އައްޑޫގައި ބާއްވާ “އޭއޯ މަދަޙަ މުބާރާތް” ގެ 4 ވަނަ މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސ.ހިތަދޫ އަސްރުމާގެ ނައުޝާ ނިސްތާރު ހޯދައިފިއެވެ.

މި ވަނަ އާއެކު ނައުޝާ އަށް ވަނީ ހެޕީމާކެޓްގެ ފަރާތުން ދެއްވި ޢުމްރާ ދަތުރުގެ އިނާމާއި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީ) އިން ދެއްވި ޗައިނާ ވިންޓަރ ޓުއަރ ކޭމްޕްގެ އިނާމު ލިބިފައެވެ.

މިފަހަރުގެ މުބާރާތުގެ 2 ވަނަ ހާސިލް ކޮށްފައިވަނީ ސ. ހިތަދޫ އަބާން އައިމަން ޝަފީޤެވެ. 2 ވަނަ އާއެކު އައިމަން އަށް ވެސް ވަނީ ހެޕީމާކެޓްގެ ޢުމްރާ ދަތުރުގެ އިނާމް ލިބިފައެވެ. އަދި އައްޑޫ ވިމެންސް އެސޯސިއޭޝަނުން ދެއްވަވާ މެލޭޝިއާ ސްޓަޑީ ޓުއާގެ އިނާމު ވެސް މިފަހަރު ލިބުނީ އައިމަން އަށެވެ.

މިއަހަރުގެ އެންމެ މޮޅު 3 ވަނަ ބައިވެރިއަކީ ސ.ހިތަދޫ ނަސްރު/ އައިޝަތު މާއީ މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ވަނަތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ބައްސަވައި ދެއްވެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާން، އެމްއެންޑީއެފްގެ ސަދަން ކޮމާންޑަރ ކާނަލް އަބްދުﷲ އިބްރާހީމެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާއިން ވެސް ވަނީ މި މުބާރާތުގެ ހުރިހާ 1 ވަނަ ތަކަށް ފައިސާގެ އިނާމު ހުށަހަޅުއްވަވާފައެވެ.

ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 5 ޢުމުރުފުރައަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ކޮންމެ ޢުމުރުފުރައަކުން ގަދަ 5 އަދި 1 ވަނަ ، 2 ވަނަ އާއި 3 ވަނަ ވަނީ ހޮވާފައެވެ. އަދި މުޅި މުބާރާތުގެ ގަދަ 5 ވަނަ އާއި މުބާރާތުގެ 1، 2 އަދި 3 ވަނަ ވަނީ ހޮވާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިން އެކީގައި އެއްދުވަސް އީކުއޭޓަރ ވިލެޖްގައި ހޭދަކުރުމަށް ވެސް ވަނީ ހަމަ ޖައްސާފައެވެ. މިއީ މުބާރާތުގެ އެކޮމޮޑޭޝަން ޕާޓްނަރ އީކުއޭޓަރ ވިލެޖުން ދެއްވެވި އިނާމެކެވެ.

އޭއޯ ނިއުސް 4 ވަނަ މަދަޙަ މުބާރާތުގެ ނަތީޖާ:

6 އަހަރުން ދަށް

1 ވަނަ: ފާތިމަތު ސާރާ ޝަފީޤް /އަބާން ސ. ހިތަދޫ

2 ވަނަ : އާމިނަތު އައިލިޝް ފަޔާޟް/ ދިވަރަ. ސ.ހިތަދޫ

3 ވަނަ: އައިޝަތު ސަމްޔާ/ ރޮޔަލް

4 ވަނަ: އައިޝަތު ޝީން އިމްރާން/ ތައުރުއްގެ .ސ.ހިތަދޫ

5 ވަނަ : އާމިނަތު ޒީޝާ ޒަމީން/އަންސާނާ. ސ.ހިތަދޫ

9 އަހަރުން ދަށް

1 ވަނަ : އައިޝަތު ޝުހާ ނިޒާމް/ ރޯޒުގެ .ގދ.ގައްދޫ

2ވަނަ: ފާތިމަތު ޢަމަލް ޙަމީދު/ ސީސަން ވާދީ، ސ.މީދޫ

3 ވަނަ: އަޙްމަދު ނާޒިޝް ނިޒާމް/ އަސޭމިރުސްގެ ، ސ.ހިތަދޫ

4 ވަނަ: އާމިނަތު ޒޯހާ ބިންތު ޢަލީ މުޙައްމަދު/ ޗަމްޕާޕޫލު މާގެ .ސހުޅުދޫ

5 ވަނަ: އާމިަނތު އިރަމް ޝަމީޒް/ ކިނބިގަސްދޮށުގެ ، ސ.މަރަދޫފޭދޫ

13 އަހަރުން ދަށް

1 ވަނަ: އައިޝަތު މާއީ މުޙައްމަދު/ ނަސްރު،ސ.ހިތަދޫ

2 ވަނަ: މަރިޔަމް ރަސާ ތައުފީޤް/ ރާސްޕަރީގެ ސ.ހިތަދޫ

3 ވަނަ : ސިތާމް ޢަލީ/ ސަނަމް، ސ.ހިތަދޫ

4-މުޙައްމަދު ރާއިޝް މޫސާ/ ފުނަމާގެ. ސ.ހިތަދޫ

5- މުޙައްމަދު ނާބިހް އިބްރާހިމް ޙަބީބް/ ފްލާވާގެ. ސ.މަރަދޫ

16 އަހަރުން ދަށް

1 ވަނަ: ފާތިމަތު ނައުޝާ ނިސްތާރު/ އަސްރުމާގެ. ސ.ހިތަދޫ

2 ވަނަ: އައިމަން ޝަފީޤް/ އަބާން، ސ.ހިތަދޫ

3 ވަނަ: އާމިނަތު ލުބާ ޟިރާރު/ ގަދަކޯޅިގެ .ސ.މަރަދޫ

4 ވަނަ : ޙައްވާ ރާޔާ ސުހައިލް/ ލާޖުވަރުދީ. ސ.މީދޫ

5 ވަނަ: އީނާ ޙުސައިން މުޙައްމަދު/ ސިޑްނީ. ސ.މީދޫ

19 އަހަރުން ދަށް

1ވަނަ: ފާތިމަތު ޒިޔާ އަބްދުއް ސަމަދު/ ރެދަލިގެ .ސ.މަރަދޫފޭދޫ

2ވަނަ : ފާތިމަތު ޝަބާ އަޒީޒު/ އަސޭމިރުސްގެ. ސ.ހިތަދޫ

3 ވަނަ: މަރިޔަމް ސަޖާޔާ/ ސައިގެ . ސ.މީދޫ

މުޅި މުބާރާތުން އެންމެ މޮޅު ވަނަތައް:

1 ވަނަ: ފާތިމަތު ނައުޝާ ނިސްތާރު/ އަސްރުމާގެ. ސ.ހިތަދޫ

2ވަނަ: އައިމަން ޝަފީޤް/ އަބާން، ސ.ހިތަދޫ

3ވަނަ: އައިޝަތު މާއީ މުޙައްމަދު/ ނަސްރު،ސ.ހިތަދޫ

4ވަނަ: އައިޝަތު ޝުހާ ނިޒާމް/ ރޯޒުގެ .ގދ.ގައްދޫ

5 ވަނަ: އާމިނަތު ލުބާ ޟިރާރު/ ގަދަކޯޅިގެ .ސ.މަރަދޫ

ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުންއަންނަ މިއަހަރުގެ މި މުބާރާތުގައި އައްޑޫގެ ހުރިހާ ރަށްތަކަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ

މިއަހަރުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވަވާފައިވަނީ މިދާއިރާގައި ތަޖްރިބާކާރު މިޔުޒިކާއި ޅެންވެރިކަމުގެ ރޮނގުން ފުންނާބު އުސް ދެބޭފުޅުންނެވެ. އެއީ މުޙައްމަދު ސުހައިލް އާއި މުޙައްމަދު އަރީފެވެ.

އޭއޯގެ 4 ވަނަ މަދަޙަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫވިމެންސް އެސޯސިއޭޝަނާއި ޗައިނާމޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނެވެ. އިވެންޓްގެ ހޮސްޓިން ޕާޓްނަރ އަކީ މައިކޮލެޖެވެ. މަދަޙަ މުބާރާތުގެ އެކޮމަޑޭޝަން ޕާޓްނަރ އަކީ އީކުއޭޓަރ ވިލެޖެވެ. ޓްރެވެލް ޕާޓްނަރ އެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ މޯލްޑިވްސް އެކްސްކްލޫސިވް އެވެ. ބެވެރެޖް ޕާޓްނަރ އަކީ މަލްޓި ސުޕަރމާޓެވެ. މީގެ އިތުރުން ސިއު އެންޑް މޭކް އާއި ޖަމިއްޔަތުލް ޢުލަމާއިން ވަނީ މުބާރާތުގެ ވަނަ ތަކަށް އިނާމު ހުށަހަޅުއްވަވާފައެވެ.

އޭއޯ ނިއުސް އިން ވަނީ މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ހަދިޔާ އާއި ހަނދާނީ ލިޔުން ދީފައެވެ.