އައްޑޫ ސިޓީގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން ދިރާސާއެއް ކުރަން ނިންމައިފި އެވެ
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނާ ގުޅިގެން އެޗްއާރްސީއެމުން މިފަދަ ސާވޭއެއް ކުރަން ނިންމީ އައްޑޫގައި ތިބި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު ދެނެގަތުމަށް ކަމަށެވެ. އަދި މި ސާވޭގެ ނަތީޖާއަށް ބަލައި އެ ފަދަ މީހުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ރަނގަޅު މޮނިޓަރިން ނިޒާމެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށް ވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ
ތިން ދުވަހަށް ކުރިއަށްގެންދާ މި ސާވޭ އަންނަ ހަފްތާގެ ހޯމަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި ސޭވޭގައި ވޮލެންޓިއަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ