ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ މީހުންނަށް ވިސާ އާއި ވޯކް ޕާމިޓް އާނުކޮށްދޭ ކަމަށް ބުނެ، އިންޑިއާގެ ބައެއް އޮފިޝަލުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކުރަން ފަށައިފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ވިސާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާގެ އޮފިޝަލުންނާއި ރާއްޖޭގެ ޑިިޕްލޮމެޓުންނާ ދެމެދު މަޝްވަރާތައް ކުރަމުންގެންދާކަމަށާއި ވިސާ މައްސަލައިގައި ހައްލުތަކެއް ހޯދައިދޭން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ
އިންޑިއާ މީހުންނަށް ރާއްޖެ އިން ވިސާ ނުދޭ މައްސަލައިގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަހްމަދު އާސިމަށް ސިޓީއެއް ފޮނުއްވައިފައެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަކަމަށް ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ