English Edition
Dhivehi Edition

މިރެއާއި މާދަމާރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާ )މެޓް އޮފީސް) އިން ހާމަކުރައްވައިފިއެވެ. އެއިދާރާއިން ވިދާޅުވެފައިވަނީ މިރޭ 8:00 އިން މާދަމާރޭގެ 8:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެނެ ކަމަށްވެސް މެޓް އޮފީހުންވަނީ ހާމަކުރައްވައިފައެވެ. އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭއޮފީހުންވަނީ ހާމަކުރައްވައިފައެވެ. ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެއެވެ. މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އޮފީހުންވަނީ ހާމަކުރައްވައިފައެވެ.