ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ށ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ހެނދުނު 6:30 އިން ފެށިގެން 10:30 ގެ ނިޔަލަށް ށ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަސް އިލްތިމާސްކޮށްފިއެވެ.