English Edition
Dhivehi Edition
ފޮޓޯ: ވަގުތު އޮންލައިން

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައެރުމަކީ އެކަށީގެންވާކަމެއް، ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

މެޓް އިން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުރަށް މެޓުން ބުނީ އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވައިޖެހި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.