English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި މިހާރުކުރިއަށްދާ މަކިޓާ ދިހަވަނަ އެޓޯލްސް ޖޫނިއަރ ޗެމްޕިއަންސް ޝިޕް އެތުލެޓިކްސް މުބާރާތުގެ ހީޓް ރެކޯޑް އައްޑޫސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރު އައިޝަތު ހިމްނާ ހަސަން ގާއިމް ކޮށްފިއެވެ. އޭނާ ރެކޯޑު ގާއިމްކުރީ 100 މީޓަރުގެ ދުވުމުންނެވެ. އޭނާ މިރެކޯޑު ހެދީ ކުރިން މި ރިކޯޑް އޮންނަ ކުލަބް އީގަލްސްގެ އައިޝަތު ޒަރާ އާތިފް 13.08 ސިކުންތުން ދުވެފައިވާ ވަގުތަށް ވުރެ 5 މިލިސިކުންތު އަވަހަށް ދުވެގެންނެވެ. ހިމްނާ ވަނީ 2015 ވަނަ އަހަރު ގދ. ތިނަދޫގައި ބޭއްވި މަކިޓާ މުބާރާތުގައި 14.3 ސިކުންތުން ދުވެގެން 13 އަހަރުން ދަށުގެ އަންހެން ބައިގެ މިމުބާރާތުގެ 100 މީޓަރު ދުވުމުގެ ރިކޯޑުވެސް ހަދައިފައެވެ. މި މުބާރާތުގައި މިއަދުވަނީ އިތުރު ދެ ރެކޯޑެއްވެސް ހަދައިފައެވެ. އެ ދެ ރެކޯޑުވެސް ހަދައިފައިވަނީ ގދ. އަތޮޅު މަދުރަސާގެ ސުޒައިން މުހައްމަދު ޝަރީފެވެ. އޭނާ ރެކޯޑު ހަދައިފައިވަނީ 16 އަހަރުން ދަށުގެ ލޯންގް ޖަމްޕާއި، ހައި ޖަމްޕުންނެވެ. ލޯންގު ޖަމްޕުގެ ރެކޯޑު ކުރިން އޮންނަނީ ޏ. އަތޮޅު މަދުރަސާގެ އަޙްމަދު ރާއީ ލަތީފުގެ އަތުގައެވެ. އޭނާގެ ރެކޯޑު ސުޒައިން މުގުރައިލީ 5.68 މީޓަރަށް ފުންމައިގެންނެވެ. ހައި ޖަމްޕްގެ ރިކޯޑް އޭނާ އައުކޮށްފައިވަނީ ކުރިން އެރިކޯޑް އޮންނަ ދެ އެތުލީޓުން ކަމުގައިވާ ގދ.އަތޮޅު މަދުރަސާގެ މުހައްމަދު ނަބީޙް ހުސައިން އަދި ޙައިޝަމް ނާޒިމްގެ ރިކޯޑް މުގުރައިލައިގެންނެވެ. މިމުބާރާތުގައި 20 ސްކޫލަކާއި، 6 ޖަމިއްޔާއަކުން ޖުމްލަ 455 އެތުލީޓުން ބައިވެރިވެފައިވެއެވެ.