English Edition
Dhivehi Edition

އަންނަ ސެޕްޓެމަބަރު މަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިޙާބްގައި އަލަށް ވޯޓްލުމުގެ ޙައްގު ލިބުނު ޒުވާނުންގެ އަދަދު 24000 އަށް އަރާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ޒުވާނުންގެ ޖުމްލަ އަދަދަކީ 24،018 އެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލީ ޒުވާނުންގެ އަދަދަކީ 30،913 އެވެ. މި ތަފާސް ހިސަބު ތަކުން ދައްކާގޮތުގައި މިއަހަރު އަލަށް ވޯޓުލާ ޒުވާނުންގެ ނިސްބަތް އެ ވަނީ 2013 ގެ އިންތިހާބަށްވުރެ 32 ޕަސެންޓަށް ދަށްވެފައެވެ.

އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 263,183 މީހުންނަށެވެ. ދެހާސްތޭރަ ވަނަ އަހަރު އާންމު ކުރި ލިސްޓުގައިވާ ގޮތުން އެފަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 239،165 އެވެ.

ވޯޓްލާ މަރުކަޒުތައް މިހާރު ހަމަހެޖިފައި ވާއިރު ކުރި އެކޭ އެއްގޮތަށް މިހާރުވެސް ގިނައީ ސްކޫލްތައް ކަމަށް އީސީ އިން ވިދާޅުވެއެވެ. އީސީ އިން މައުލޫމާތު ދެއްވާގޮތުގައި މިހާރު ހަމަޖެހިފައިވާ ވޯޓުލާ މަރުކަޒުތައް ދަނީ ސާރވޭ ކުރަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 15 ގައެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު އެވެ