ސ.މަރަދޫ އަމިއްލަ ޖަމިއްޔާ އެއްކަމުގައި ވާ ޑީސީ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ”ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖް 2018″ މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހާއި ދިމާކޮށް ބާއްވަމުން ގެންދާ މިހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.
މަރަދޫ ސަމަގްރީންގައި ހުންނަ ޑީސީ އެރީނާގައި ރޭގަނޑު މެޗްތައް ކުޅޭ މުބާރާތް މި ފަހަރު ފަށާނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.
ޑީސީ ސްޕޯޓްސްގެ ފަރާތުން އޭއޯ ނިއުސްއަށް މައުޟޫމާތު ދެމުން ހަސަން މުފީދު ބުނީ މިފަހަރުގެ މުބާރާތުގައި ޖާގަ ދޭނީ 16 ޓީމަށް ކަމަށާއި މިދިޔަ އަހަރަށް ވުރެ މިހަރުގެ މުބާރާތް ތަފާތު ވާނެކަމަށެވެ.
އިންޑާ ބުނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެ ވެވޭނީ މިއަހަރުގެ ވޯލްޑް ކަޕްއަށް ކޮލިފައިވެފައިވާ ޓީމް ތަކުގެ ނަމުގައި އެކަނި ކަމަށާއި މިމުބާރާތް މިފަހަރު އޮންނާނީ ވޯލްޑް ކަޕްގެ ފޯރި ގަދަ ވާގޮތަށް ކަމަށެވެ.
“މި މުބާރާތް މި އަހަރު ބާތްވާނީ ވޯލްޑް ކަޕް އާއި ގުޅޭ ގޮތަށް ވޯލްޑް ކަޕްއަށް ކޮލިފައި ވެފައިވާ ޓީމްތަކަށް އެކަނި ބައިވެރި ވެވޭ ގޮތަށް.މިދިޔަ އަހަރު މިމުބާރާތް ބޭތްވީ ކުލަބް ތަކަށް އަމާޒުކޮށްގެން އެ ކުޅުން ތެރިޔަކު ބޭނުން ވާ ކުލަބް ނަގާ ގޮތަށް ކަމަށް” ހަސަން މުފީދު ބުންޏެވެ.
ޑީސީ ސްޕޯޓްސް ފީފާ ޗެލެންޖް މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 4000 ރުފިޔާ ދޭން ހަމަޖެހިފައިވާއިރު ރަނައަޕްއަށް 1000 ރުފިއާ ދިނުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ މުބާރާތުގެ މެއިންސްޕޮންސަރަކީ ހިތަދޫ އީހަބްއެވެ. އަދި ކޯ ސްޕޮންސަރަކަށް ސީސެލްސް ހަމަޖެހިފައިވާއިރު މީޑީއާ ޕާޓުނަރަކީ އޭއޯ ނިއުސްއެވެ.