އެސްޓީއޯ މާލޭ ލީގުގައި ދެވަނަ ބުރުގައި ރޭ އިބްރާހިމް މަހުދީ (ހަބޭސް އިއްބެ) ޖެހި ތިން ލަނޑާއިއެކު ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި ވެލެންސިޔާ އާއި ބައްދަލު ކުރި މެޗު ޓީސީ އިން ކާމިޔާބުކޮށްފައިވަނީ 4-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
ރޭގެ މިމޮޅާއި އެކު ކުޅުނު 10 މެޗުން 18 ޕޮއިންޓް ހޯދާއިގެން ތާވަލްގެ ދެވަނާގައި އޮތް އީގަލްސް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައިވާއިރު އީގަލްސްއަށް ދެވެނަ ލިބެނީ ފައިދާ ލަނޑުންނެވެ.
ރޭގެ މެޗުގައި ޓީސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިދިޔަ ސީޒަންގައި ރާއްޖޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީސީގެ އިބްރާހިމް މަހުދީ މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކު ހަދާފައި ވާއިރު ޓީސީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިލިއަމްސް އެވެ.
މި ރޭގެ މެޗުން ބަލިވެ އެކު ވެލެންސިއާ ލީގުގެ ފުލުގައި އޮތީ 10 މެޗުން އެއް ޕޮއިންޓާ އެކު އޮތް އިރުލީގުގެ ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު ވެލެންސިއާ ކުރަމުން އައި މަސައްކަތްތަށް ވަނީ ހުއްޓުމަކަށް އައިސްސައެވެ.ދެން ވެލެންސިޔާއަށް ގަދަ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ދެން ކުޅޭ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.