އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓް ބޯޅަ މުބާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެލްޖިއަމް އާއި ކޮސްޓަރިކާ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ބެލްޖިއަމް އިން ކާމިޔާބުކޮށްފިއެވެ.
ބެލްޖިއަމް އާއި ކޮސްޓަރިކާ ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު އެންމެ ފަހުގެ އެކުވެރި ކަމުގެ މެޗު ބެލްޖިއަމްއިން ކާމިޔާބު ކުރީ 4-1 ލަނޑުންނެވެ.
އެންމެ ފަހުން ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި އެންމެ ސިއްސުވާލި ކޮސްޓަރިކާ އާއި ބެލްޖިއަމް ބައްދަލު ކުރި މެޗުގައި ބެލްޖައަމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިމެޗުގައި ބެލްޖިއަމްގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ރޮމެލޫ ލުކާކޫ ޑްރައިސް މާޓެންސް އަދި މިޗީ ބަޓްސްޗުއާއީއެވެ.މީގެ ތެރެރިން ލުކާކޫ ވަނީ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.މެޗުގައި ކޮސްޓަ ރީކާގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރައިން ރުއީޒެވ
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މިފަހަރުގެ ވޯލްޑް ކަޕާއި ކުރި މަތިލަނީ ވަރަށް އިތުބާރާއި އެކުގައި ކަމަށާއި ކުޅުނ ތެރިން ތިބި ފޯމަށް ބަލާ އިރު މިފަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
އަދި ހަމަ އެހްނެ ރޭގެ ދެވަނަ ހާފްގައި އަނިޔާވެ ދަނޑުން ފޭބި ކެޕްޓަން ހަޒާޑާއި ބެހޭ ގޮތުން ކޯޗު ބުނީ އޭނާ އާއި މެދު ކަން ބޮޑޫ ވާނ ޖެހޭ އަނިޔާއެއް ނުވާ ކަމަށާއި އެނާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ފެންނާނެ ކަމަށެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ހިމެނެނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ބެލްޖިއަމްގެ އިތުރުން ދެން ހިމެނެނީ އިނގިރޭސިވިލާތާއި ޕެނަމާ އަދި ޓިއުނޭޝިއާއެވެ