މިއަހަރު ބޭއްވުމަށް ހަމަޖހެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން ރޭ އާންމު ކޮށްފިއެވެ.
2018ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު ގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި މިހާރު އާންމުކޮށްފައިވާ ނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ތިރީގައި އެވާގޮތަށް ވޯޓާސް ލިސްޓްގައި ނަތް އޮތްތޯ ބެލުމަށް އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެ ކަމުގައެވެ.
(VR Space IDNO Send to 1414)
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ.
ލިސްޓަށް ޝަކުވާ ހުށަހެޅުން އޮންނާނީ 2018 ޖޫން 11 އިން 2018 ޖޫން 20 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރުފަހު 01:30 އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިންނެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވާ އާދީއްތަ ދުވަހު އެވެ. އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.