English Edition
Dhivehi Edition

ހ. ޕާކް ސައިޑްގޭގެ އިމާރާތުގައި ހުންނަ ޝެލްބީންސްގެ ބަދިގޭގައި އެއްޗެއްގޮވާ ދިވެއްސަކަށާއި ދެ ބިދޭސީންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިންބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:18 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ ހާދިސާ ހިންގި ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފެށިކަމަށެވެ.

ކާބޯތަކެތީގެ ވިޔަފާރިކުރާ ޝެލްބީންސްގެ ބޭކަރީއެއްގެ ގޮތުގައި ބޭނުންކުރާ މިތަނުގައި ހިނގި މިހާދިސާގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިގޮތުން އިމާރާތުގެ ދޮތުތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެންގޮސް އެތެރޭގައި ހުރި ބައެއް މުދާތައް ވަނީ މަގުމައްޗަށް ބުރައިގެންގޮސްފައެވެ.

މިހާދިސާގައި ޒަހަމްވި ދިވެއްސަކާއި ދެ ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އިތުރު، ޒަހަމްވި ބިދޭސީއެއްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފައެވެ.

މައުލޫމަތު ލިބިފައި ވާގޮތުގައިހަށިގަނޑުގެ 30 ޕަސެންޓްފިހި ޒަހަމްވިބިދޭސީމީހަގެ ހާލު ސީރިއަސް އެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށްވަނީ ބެލެވިފައެވެ. މި ހާދިސާގެ ތަހުޤީގު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަަނީ ކުރަމުންނެވެ.