English Edition
Dhivehi Edition

ރައީސް އަބަދުﷲ ޔާމީން, ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނެއިދު އައްޔަން ކުރައްވައިފި އެވެ

މިއަދު ޖުނެއިދު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރީ ކަސްޓަމްސްގެ ވެރިޔަކަށް ހުރި އިބްރާހިމް ޝަރީފް މުހައްމަދު އެ މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ

ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ފަހުކޮޅުވެސް ރައީސް އޮފީހުން ވަނީ އެ މަގާމަށް ޖުނައިދު އައްޔަން ކުރައްވައިފަ އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންވަނިކޮށް، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުޑަ ދުވަސްކޮޅަކަށް ޖުނެއިދު އައްޔަން ކުރެއްވުމަށް ފަހު، އަނެއްކާ ވެސް އެމްޕީއެލްގެ ސީއީއޯ އަކަށް އޭޕްރީލް 2016 ގައި ބަދަލުކުރެއްވި އެވެ. އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ގިނަ ދުވަސްތަކެއް އަދާކުރެއްވުމަށް ފަހު މިދިޔަ 2017 ވަނަ އަހަރު ކުރީކޮޅު ޖުނައިދު ވަނީ އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ