English Edition
Dhivehi Edition

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި 17 ކިލޯގެ ހޭޝް އޮއިލް އާއި އެކު އިއްޔެ ޓްރެވިންޑްރަމްއިން ހައްޔަރުކޮށްފައިވަނީ ޝާނީޒް މަހީރު 27، އައިމަން އަހުމަދު، 24 އަދި އިބްރާހިމް ފައުޒާން ސޯލިހް، 29 ކަމަށެވެ

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އިންޑިއާ ފުލުހުން މި ތިން މީހުން އަތުލައިގަތީ، ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރިކުރާ ޝަނީޒް އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ޝަނީޒް މާހިރަކީ އެއް ގައުމުން އަނެއް ގައުމަށް ޑްރަގް އެތެރެ ކުރުމުގައި ބައިވެރިވާ އަދި ކަނޑުމަތީގައި ޣައިރު ގާނޫނީ އަމަލުތައް ހިންގާކަން ފާހަގަ ކުރެވިފައިވާ މީހެއްކަމެއް ފުލުހުންވަނީ ބުނެފައެވެ. އަދި އަނެއް ދެ މީހުންނަކީ ވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރާ ބައެއް ކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެ އެވެ

ރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަލް އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި މަސްތުވާތަކެތީގެ އަގު ހަތް މިލިއަން ޑޮލަރަށްއަރާނެ ކަމަށް އިންޑިއާގެ މީޑިއާތަކުންވަނީ ހާމަކޮށްފައެވެ

މި މައްސަލަ އިންޑިއާގެ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު މި މައްސަލައާއި ގުޅުން ހުރި އެހެން ބަޔަކު ވޭތޯވެސް އެ ގައުމުގެ ފުލުހުން ދަނީ ބަލަމުންނެވ

ޓެގު