ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކު ޒަޚަމްވެ އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.
ހުޅުމާލޭގައި ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 20:45 އިރު ނިރޮޅު މަގުގައެވެ. ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހިނގި މި އެކްސިޑެންޓްގައި ހިނގާފައިދިޔަ އުމުރުން ދުވަސްވީ މީހާއާއި ސައިކަލު ދުއްވަން އިން މީހާއަށްވެސް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި ދުވަސްވީމީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެވަނަ އެކްސިޑެންޓް ހިނގީ މިރޭ 9:00 ހާއިރުއެވެ. މި އެކްސިޑެންޓްގައި އަނިޔާވި ދެޒުވާނުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާއިރު އެކެއްގެ ހާލު ސީރިއަސް ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.