English Edition
Dhivehi Edition

ބޭނުންވާ ތަކެތި:

ކުކުޅު މަސް މެރިނޭޓް ކުރުމަށް

400ގ ކުކުޅު މަސް (ކޮށާފައި)

1 ސައި ސަމްސާ މުގުރި މިރުސް

ރަހަލާވަރަށް ލޮނު

1 ސައިސަމްސާ ޖިންޖާ ގާރލިކް ޕޭސްޓް

½ ސައިސަމްސާ ގަރަމް މަސާލާ

1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް

½ ޖޯޑު ޔޯގަޓް

1 މޭޒުމަތީސަމްސާ މަސްޓަޑް އޮއިލް

ރިހަ ގަނޑު ތައްޔާރުކުރުމަށް

2 މޭޒުމަތީ ސަމްސާ ބަޓަރ

1 ދަޅު ޕީލްޑް ޓޮމާޓޯ

1 ސައިސަމްސާ ޖިންޖާ ގާރލިކް ޕޭސްޓް

6 ކާފުރުތޮޅި

1 ސައި ސަމްސާ މުގުރި މިރުސް

½ ސައިސަމްސާ ގަރަމް މަސާލާ

½ ޖޯޑު ކްރީމް

ކުޑަ ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް:

ބޯ ތައްޓަކަށް ޔޯގަޓް އަޅާފައި އޭގެތެރެއަށް މުގުރި މިރުސް ، ލޮނު، ޖިންޖާ ގާލިކް ޕޭސްޓް،ގަރަމް މަސާލާ އަދި ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކޮށްލާާށެވެ.އެއަށްފަހު ކުކުޅު މަސް ކޮޅު އަދި މަސްޓަޑްއޮއިލް އަޅާފައި ރަނގަޅަށް މޮޑެލުމަށް ފަހު މަތި ޖަހާލުމަށްފަހު ފްރިޖުގައި މެރިނޭޓްކުރުމަށް ބަހައްޓާށެވެ.

ރިހަ ގަނޑު ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ތަވާ އުނދުންމައްޗަށް އުދާލާފައި ބަޓަރ އަޅާލާށެވެ. ބަޓަރ ދިޔާވާން ފެށުމުން އޭގެތެރެއަށް ކާފުރުތޮޅި އަޅާފައި ކުޑަކޮށް ރަތް ކޮށްލާށެވެ. އެއަށްފަހު ޕީލްޑް ޓޮމާޓޯ ރަނގަޅަށް ޗަސްކޮށްފައި އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ކައްކާލާށެވެ. ދެން ޖިންޖާގާލިކް ޕޭސްޓް، މުގުރި މިރުސް، ގަރަމް މަސާލާ އަދި ލޮނުކޮޅު އަޅާފައި ކުޑައިރުކޮޅަކު ކައްކާލާށެވެ. ދެން ކްރީމް އަޅާފައި ކުޑަކޮށް ކައްކާލާށެވެ. އެއަށްފަހު މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު މަސްކޮޅުތައް އަވަނުން ނުވަތަ ތަވާގައި ތެޔޮ ފޮދެއް ހާކާލައިގެން ވިޔަސް ރޯފިލަންދެން ފިހެލުމަށްފަހު ތައްޔާރުކުރި ރިހަގަނޑު ތެެރެއަށް އަޅުމަށްފަހު ކުޑަކޮށް ރަހަތައް އެއްވަންދެން ކެއްކުމަށް ފަހު ސަރވްކޮށްލާށެވެ.