English Edition
Dhivehi Edition

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފިއެވެ.

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ގ. ކެނެރީގެ މުހައްމަދު ނަޝީދު، ރިޔާސީ އެ ޕްރައުމަރީއެއްގައި ވާދަކުރެވޭ ގޮތަށް، އެމްޑީޕީ އިން ބާއްވާ ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށާއި، އެކަން ހުއްޓުވުމަށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް އަންގައި، އަދި އެގޮތަށް އެ ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރު ކުރަމެވެ،” ސިވިލް ކޯޓްގައި ގާޒީ އަލީ އަބްދުﷲ ސޮއި ކުރައްވާ ނެރުއްވި އަމުރުގައިވެ އެވެ.

ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ކުރީގެ ރައީސް ނަޝީދަށް ވާދަކުރެވޭގޮތަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާތީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.