އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ހުއްޓުވުމުގެ އަމުރަކަށް އެދި އިލެކްޝަންސް ކޮމިޝަން އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ
މީގެ ހަފްތާއެއް ހާ ދުވަސްކުރިން އީސީ އިން އެމްޑީޕީ އަށް އެ ޕާޓީގެ ޕްރައިމެރީއާ ގުޅިގެން އެންގުންތަކެއް އަންގައި ސިޓީ ފޮނުވާފައިވާއިރު އީސީ އިން ބުނެފައިވަނީ ގާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީނަށް ޕްރައިމެރީގައި ވާދަނުކުރެވޭނެ ކަމަށްވެ. އަދި ގާނޫނާއި ހިލާފަށް ބާއްވާ ޕްރައިމެރީތައް ބަލައި ނުގަންނާނެ ކަމަށާއި ގާނޫނާއި ހިލާފަށް ބާއްވާ ޕްރައިމެރީތައް ހުއްޓުވާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ
އިއްޔެ އިލެކްޝަން ކޮމިޝަނުންވަނީ ގާނޫނާ ޚިލާފަށް ޕްރައިމަރީ ބާއްވައިފިނަމަ އެ ޕްރައިމަރީ ހުއްޓުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހޯމް މިނިސްޓްރީގައި ސިޓީއަކުން އެދިފައެވެ.
އީސީ އިން އެދިގެން ބަންޑާރަ ނައިބުގެ އޮފީހުން މިހާރުޕްރައިމެރީ ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފައިވާއިރު އެމްޑީޕީއިން ވަނީ ޕްރައިމެރީ ބޭއްވުމަށްޓަކައި ހުރިހާ ތައްޔާރީތަކެއް ވެފައެވެ