English Edition
Dhivehi Edition

ދިރާގު ވެބްސައިޓް އަދި ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ތައާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް މިހާރު ފިތުރު ޒަކާތް ދެއްކެވޭނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހައްދަވަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ ވަޑައިގެން، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަވާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތާތް ދައްކަވާ ވަރުގެ ތަފްސީލު ފުރިހަމަކޮށްލައްވާށެވެ. އެއަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީއެވެ. ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ޒަކާތް ދެއްކުމަށްފަހު ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެ ކަމަށާއި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ޕްރީޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކޮށްގެން ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ #8*123* އަށެވެ.