ގަދަބާރުން ކަންކަން ކުރުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ނޫންކަމަށާއި ޕީޕީއެމް އިން ރައްޔިތުންގެ ލޯބި ހޯދާފައި ވަނީ ގަދަ ބާރުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ
ރޭ ޕީޕީއެމް އަށް މެމްބަރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ރީތި އުސޫލަކީ އެބަޔަކު ވިއްކަން ބޭނުންވާ ފިކުރެއް އެހެންމީހުންނަށް ވިސްނައިދީގެން، އެޔަށް ވުރެ މޮޅު ހިޔާލެއް އިދިކޮޅުން ދެއްކިފައި ނެތްކަން ވިސްނައިދިނުން ކަމަށެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ ތަރައްގީއަކީ ހުރިހާ އެންމެންނަށް ހަމަޖެހިގެން ދިރި އުޅެވޭނެ ގޮތްވުމާއި، ބޯހިޔާވަހިކަން ހަމަޖެހިގެން ދިޔުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ކަމަށެވެ