ކ.ތިލަފުށި 1 ގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކުރެވޭ މެޑިކަލް ކްލިނިކް ހިންގާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައި ނުވާތީވެ އެ މަސައްކަތަށް އަލުން އިއުލާންކޮށްފިއެވެ.
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މި މަހުގެ 27 ވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްތަށް އެދި ހުށަހަޅާފަރާތްތަކުން 31 މެއި ވާ ބުރާސްފަތި ދުވަހު 11:00 ގައި ބާއްވާ ޕްރި ބިޑް މީޓިންގ ގައި ބައިވެރިވުން އެދޭ ކަމަށެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ހުށަހެޅުމާއި އަދި ބިޑް ހުޅުވުން އޮންނާނީ ޖޫން 7 ވަނަ ދުވަހުގެ 11:00 ގައެވެ.
ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގ ގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ އެ ކުންފުނީގެ ހެޑް އޮފީހުގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޑިޕާރޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެ އެވެ.