English Edition
Dhivehi Edition

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ ޖޫންގައި ފަށާ ވޯލްޑް ކަޕް ގައި އާޖެންޓީނާގެ އެއް ވަނަ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އަށް ނުކުޅެވުމުން ޓީމުން ގެއްލިގެން އެދިޔައީ ޓީމްގެ އެންމެ މުހިންމު ލީޑަރުކަމަށް ބާސެލޯނާގެ ފަހަތް ބަލަހައްޓަމުންގެންދާ މަޝަރާނޯ ބުނެފިއެވެ.

އާޖެންޓީނާގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ މަޝަރާނޯ ބުނީ”ރޮމެރޯ އަކީ އާޖެންޓީނާއިން މި ވޯލްޑް ކަޕް ސްކޮޑް ގައި ހިމެނުނުން އެންމެ މުހިންމު އެތް ތަނބު.އޭނާ ނެތް ތަން ފޫބެއްދުމަކީ ވަރަށް އުނދަގޫކަމެއް”ކަމަށް ސްޕެއިންގެ ބާސެލޯނާ އަތް ކުޅޭ މަޝަރާނޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ދެ ވަނަ ގޯލުކީޕަރު ރޮމޭރޯ ނެތުމުން އާޖެންޓީނާގެ ގޯލު ބަލަހައްޓާނީ ޗެލްސީގެ ދެވަނަ ކީޕަރު ވިލީ ކަބަލޭރޯ އެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް 10 މެޗު ކުޅެދިން ރޮމޭރޯގެ ކަކުލަށް އެންމެ ފަހުން އަނިޔާވީ ސްޕެއިނާ ދެކޮޅަށް މާޗް މަހު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ

މިދިޔަ ހޯމަ ދުވަހު އިއުލާންކުރި އާޖެންޓީނާގެ 23 ކުޅުންތެރިންގެ ސްކޮޑުގައި ރޮމޭރޯ ހިމަނާފައިވީ ނަމަވެސް ރޮމޭރޯ ފިޓް ނުވާނެ ކަން ޔަގީން ވެފައިވުމުން އޭނާގެ ބަދަލުގައި މެކްސިކޯގެ ޓިގްރޭސްގެ ނަހޫއެލް ގުޒްމަންއަށް ވަނީ މިހާރު ޓީމަށް ނަގާފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް 94 މެޗު ކުޅެދީފައިވާ ރޮމޭރޯގެ އަނިޔާ އާއި ގުޅިގެން އާޖެންޓީނާގެ މެޑިކަލް ޑިޕާޓްމަންޓުން ބުނީ ރޮމޭރޯގެ ކަކުލަށް އަނިޔާއިން އޭނާ ރަނގަޅު ވެފައިނުވަނީ ކަކުލަށް ލިބުނު އަނިޔާ އިން ރަނގަޅުވާ ބުނި މުއްދަތަށް ވުރެ ކުރިން އޭނާ ކުޅުމުން ކަމަށެވެ.

ރޮމޭރޯ އެންމެ ފަހުން ކުޅެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ޔުނައިޓެޑުން ވަޓްފޯޑާ ކުޅުނު މެޗުގެއެވެ.މިމެޗުގެ ފުރަތަމަ އެގާރައި ހިމެނި ރިމޭރޯ ވަނީ މުޅި މެޗު ފުރިހަމަ ކޮށްފައެވެ.