English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ

ކޯޓު އަމުރެއްގެ ދަށުން ޔުމްނާގެ ޕާސްޕޯޓް ހިފެހެއްޓިކަން މިއަދު ހަވީރު ފުލުހުންވަނީ ޔުމްނާއަށް އަންގާފައިވާއިރު ޕާސްޕޯޓް ހިފެހެއްޓީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކިހާ ދުވަހަކަށް ކަން އަދި އެގިފައި ނުވާއިރު މިދިޔަ ހަފްތާ ތެރޭ ޔުމްނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ

ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ޔުމްނާގެ މައްޗަށް ކޮއްފައިވާއިރު، އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް، އާއި ބައްޕާފުޅު މައުމޫނާއި، ކޮއްކޯފުޅު ފާރިސްގެ މައްޗަށް ވެސް ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައެވެ