English Edition
Dhivehi Edition

ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތުދީގެން ނުވާނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީ އަށް މިއަދު އަންގައިފި އެވެ.

އީސީ އިން އެހެން ބުނީ ރިޔާސި ޕްރައިމެރީއާ ގުޅޭ ގޮތުން އެ ޕާޓީއަށް މިއަދު ފޮނުވި ސިޓީއެއްގަ އެވެ.

އެމްޑީޕީ އަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވީ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ބޭފުޅެއް ކަމަށާއި ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން ވެސް އެޙުކުމަށް ތާއިދު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ކިބައިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުތު އުނިވެފައިވާ ކަމަށް ސިޓީގައި ވެއެވެ.

އެހެންކަމުން ޝަރުތު ހަމަ ނުވާ ބޭފުޅަކު އެމްޑީޕީގެ ޕްރައިމެރީގައި ބައިވެރި ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ ބާއްވައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީސީ އިން ބުންޏެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެމަނިކުފާނާއެކު އެމްޑީޕީ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ވަނީ އިއުލާންކޮށް އެ ޕާޓީން ދަނީ ތައްޔާރުވަމުންނެވެ.