މަސްވެރިކަން ކުރަން ގޮސް އުޅުނު ޒުވާނަކަށް އަވަސް ފަރުވާބޭނުން ވެގެން އެމްއެންޑީއެފް އިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީ އެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހއ.ބާރަށު ކައިރީ ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ އަތަށް ބުޅި ހެރިގެން ސިއްޙީ އަވަސް ފަރުވާއަްށް ބޭނުންވެގެން ހދ.ކުޅުދުއްޓަށް ގެންދިއުމަށެވެ.
އެން އެމްޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އިއްޔެ ހަވީރު 05:40 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށާއި އަދި މި ހާދިސާގައި އަނިޔާ ވެފައިވަނީ “ކުރަނގި” ދޯނީގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ކަމަށެވެ.
އަނިޔާވި މީހާ ރޭ 19:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއްގައި ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްދީފައެވެ.
ހއ. ބާރަށު ކައިރީ މަސްވެރިކަން ކުރަން އުޅުނު “ކުރަނގި” ދޯންޏަކީ ކ.ގާފަރަށް ނިސްބަތްވާ، ދިގުމިނުގައި 91 ފޫޓު ހުރި ދޯންޏެކެވެ. މި ހާދިސާ ހިނގި ދޯނީގައި 21 މީހުން ތިބި ކަމަށްއެ ދޯނީގެ ވެރިފަރާތާ ހަވާލަދީ އެމްއެންޑީއެފް ކޯސްޓްގާޑަށް ވިދާޅުވެއެވެ