English Edition
Dhivehi Edition

ޗައިނާއިން ރާއްޖޭގައި މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚަލީލު މިގޮތަށް ވިދާޅުވީ ،ދާދިފަހުން އިންޑިއަން އެކްސްޕްރެސަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ރާއްޖެއަށް މުހިންމުވާނީ އިންޑިއާއަށް މުހިންމުވާ ކަންތައްތައް ކަމަށާއި ޗައިނާއިން ރާއްޖޭގައި ހިންގާ ހުރިހާ ޕްރެޖެކްޓެއް އެމަނިކުފާނުގެ ވެރިކަމެއްގައި ބާތިލް ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. މިކަމަށް ރައްދު ދެއްވައި ޚަލީލް ވިދާޅުވީ އެމަނިކުފާނުގެ ވާހަކަތަކަކީ އެއްވެސް އުރަތްޕެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ނަޝީދު އެފަދަ ވާހަކަތައް ދައްކަވަނީ ދިވެި ރައްޔިތުންނަށް ކެހިދިނުމުގެ ނިޔަތުގައި ކަމަށް ޚަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރަމުންދަނީ އިންޑިއާ ސަރުކާރު ލައްވަައި ދިވެހި ސަރުކާރަށް ޕްރެޝަރުކޮށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް އިންޑިއާ އިން ފަންޑު ހޯދުމަށް އެމަނިކުފާނު މަސައްކަތް ކުރަމުންދާ ކަމަށް ޚަލީލް ތުހުމަތު ކުރެއްވިއެވެ.