އިޓަލީ ގައުމީ ޓީމް އަދި ޔުވެންޓަސްގައި މުޅި ފުޓްބޯޅަ ހަޔާތް ހޭދަކުރި އުމުރުން 40 އަހަރުގެ އިތުބާރު ކީޕަރު ޔުވެންޓަސްއަށް ކުޅެދިން ފަހު މެޗުގައި ސަޕޯޓަރުން ރޮތްވާލުމަށް ފަހު ޓީމް ދޫކޮށްލާއިފިއެވެ.
ޔުވެންޓަސްއަށް 656 މެޗު ކުޅެދީފައިވާ އިތުބާރު ކީޕަރ ބުފޮން މިދިޔަ ހަފްތާގައި މިސީޒަންނަށް ފަހު ކުޅުން ހުއްޓާލާނެ ކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު ރޭ އިޓަލީގު ފަހު މެޗުގައި ޔުވެންޓަސް ނިކުތީ ރެލެގޭޝަން ޒޯންގައި އޮތް ވެރޮނާއާ ދެކޮޅަށެވެ. މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.މި ނަތީޖާ އާއި އެކު ޔުވެންޓަސް ލީގު ތަށި އުފުލާލާފައިވާއިރު މިއީ ޖެހިޖެހިގެން ޔުވެންޓަސް ލީގު ކާމިޔާބު ކުރި 7 ވަނަ ފަހަރެވެ.
ރޭގެ މިމެޗުގެ 64 ވަނަ މިނެޓުގައި ހާއްސަ “ގާޑް އޮފް އޮނާ” އަކާއެކު ބުޕޮން ދަނޑުން ފާބައިފާ އިރު ސަޕޯޓަރުން ވަނީ ކަރުނައިފުރިގެންވާ މެސެޖުތަށް މުޅި ދަނޑުގައި ގުގުމާލާފައެވެ.
ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު ބުނީ”ލީގުގެ ތަށި ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ޓީމު އުފުލާލުމުން ވަރަށް އުފާ ވާކަމަށާއި އެހެން ނަމަވެސް ބުޕޮން އަނަށް ސީޒަންގައި ނުހުންނަށް ކަން ހިތަށް އެރުމުން ދެރަވާކަމަށް”ށެވެ.
ކޯޗު އިތުރަށް ބުނީ ރޭގެ މެޗުގެ 64 ވަނަ މިނެޓްގައި ބުޕޮން ބަދަލު ކުރީ ފަހުމެޗުގައި އޭނާއަށް ގާޑް އޮފް އޮނާ އެރު ވުމުގެ މަގުސަދުގައި ކަމަށެވެ.
ދުނިޔޭގެ އެންމެ ހުނަރުވެރި ކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮން ޔުވެންޓަސް ދޫކޮށްލަން ނިންމައިރު އޭނާ ވަނީ މިއަހަރު ފަށާ ފީފާ ވޯލްޑް ކަޕުން އިޓަލީ ކެޓުމުން ދާދިފަހުން ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލާފައެވެ. ބުފޮން ޔުވެންޓަސް ދޫކޮށްލާފައިވާއިރު ފްރާންސް ލީގުގެ ޗެމްޕިއަން ޕީއެސްޖީއިން މިހާރު ގެންދަނީ އޭނާ ގެންދިއުމަށް ވަރަށް ބޮޑަ މަސައްކަތް ކުރަމުންނެވެ.