English Edition
Dhivehi Edition

ބޭނުންވާ ތަކެތި

1 ޕާން

1 ޖޯޑު ކުކުޅު މަސް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމްސާ ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)

1 ފިޔާ (ކުދިކޮށް ކޮށާފައި)

1 ސައިސަމްސާ އަސޭމިރުސް

1 މޭޒުމަތީ ސަމްސާ ޗިލީ އެންޑް ގާލިކް ސޯސް

ކުޑަ ލޮނުކޮޅެއް

ކުޑަ ތެޔޮފޮދެއް

މޮޒެރެއްލާ ޗީޒް (ގާނާފައި)

ޕިއްޒާ ސޯސް

ތައްޔާރު ކުރާނެގޮތް

ތަވާ އުދުން މައްޗަށް އުދާފައި ތެޔޮފޮދު އަޅާ ކުޑަކޮށް ހޫނުކޮށްލާށެވެ.ދެން ފިޔާ އަދި ބެލްޕެޕަރ ކޮޅު އަޅާފައި ކުޑަކޮށް ވަޅޯވެލީމާ ކުކުޅު މަސްކޮޅާއި ލޮނު އަދި އަސޭމިރުސްކޮޅު އަޅާފައި ރޯފިލަންދެން ކައްކާލާށެވެ.އެއަށްފަހު ޗިލީ އެންޑް ގާލިކް ސޯސްކޮޅު އަޅާފައި އެއްކޮލުމަށްފަހު އުދުން މަތިން ބާލާށެވެ.ދެން ޓްރޭއެއްގައި ޕާން ފޮތިތައް އަތުރާލާފައި ޕިއްޒާ ސޯސް ޕާންފޮތިތަކުގައި ހާކާލާށެވެ.އެއައްފަހު ތައްޔާކުރި ކުކުޅު މަސްކޮޅު ޕާންފޮތިތަކުގެ މަތީގައި ފަތުރާލުމަށްފަހު ގާނާފައި ހުރި ޗީޒްކޮޅު އޭގެ މައްޗައް އަޅާފައި ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.